އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެމްޕިއާރުސީގެ ޚިޔާނާތުގަި ބޭންކްގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް ނެތް: ބީއެމްއެލް

އެމްއެމްޕިއާރުސީގެ ޚިޔާނާތުގަި ބޭންކްގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް ނެތް: ބީއެމްއެލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ބީއެމްއެލްގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް ނެތްކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ 1.4 ބިިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ އިސްވެރިން ހާޒިރުކޮށް ސުވާލުކުރުން އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ކޮމިޓީގައި ވިދާޅުވީ އެމްއެމްޕިއާރުސީ އާއި އެސްއޯއެފްގެ އެކައުންޓާ ދެމެދު މުއާމަލާތްތައް ބޭންކުން ހިންގާފައި ވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެކަމުގައި ބޭންކާއި ބޭންކްގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް ނުވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

ޝަރީފް ވިދާޅުވީ ބޭންކުގެ މުވައްޒަފުންނާ މެދު އެފަދަ ތުހުމަތުތަކެއް ކުރެވުމަކީ ބޭންކާ މެދު އޮންނަ އިތުބާރަށް ބުރޫ އަރާނެ ކަމެއް ކަމަށެވެ. އެހެން ކަމުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބީއެމްއެލްއަށް ކުރެވޭ ތުހުމަތުތައް ވީހާވެސް އަވަހަކަށް ތަހުގީގުކޮށް ނިންމައި، އޭގެ ހަގީގަތް އޮޅުން ފިލުވައި ދިނުމަށް މުއައްސަސާތަކަށް އޭނާ ގޮވާލެއްވި އެވެ.

ދެ ގަޑިއިރަށް ދިގުދެމިގެން ދިޔަ ކޮމިޓީގައި، މެމްބަރުން ތަކުރާރުކޮށް ސުވާލު ކުރެއްވީ ޗެކް އެންޑޯސްމަންޓް އުސޫލާ ޚިލާފަށް އެމްއެމްޕީއާރުސީގެ ޗެކްތައް އެސްއޯއެފް އެކައުންޓަށް ޖަމާކުރި ސަބަބު ބީއެމްއެލް އިން އޮޅުންފިލުވައިދިނުމަށެވެ.

މި ސުވާލުތަކާ ގުޅިގެން ޝަރީފް ވިދާޅުވީ އެންޑޯސްމަންޓް ވެރިފައި ކުރުމުގައި ބޯޑުގެ ރިޒޮލިއުޝަނަކަށް ބޭންކުން ބަލަން ނުޖެހޭ ކަމަށެވެ. އެ ރިޒޮލިއުޝަން ބޭނުން ވަނީ ބޭންކްގައި ހުޅުވާފައި އެކައުންޓް އޮޕަރޭޓްކުރަން އެކަނި ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވި އިރު، އެމްއެމްޕީއާރުސީގެ ހިޔާނާ ގުޅިގެން ބީއެމްއެލްގެ 38 މުވައްޒަފަކަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ފުލުހުންނާއި އޭސީސީއިން އަންނަނީ ތަހުގީގު ކުރަމުން އެެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު