އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޝެއިޚް އިލްޔާސް އާއި ޑރ.ޝަހީމް ގެ ކެނޑިފައޮތް ގުޅުން 4 އަހަރަށްފަހު އިޢާދަ ކޮށްފި

ޝެއިޚް އިލްޔާސް އާއި ޑރ.ޝަހީމް ގެ ކެނޑިފައޮތް ގުޅުން 4 އަހަރަށްފަހު އިޢާދަ ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚު އިލްޔާސް ޙުސައިން އާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދުގެ ކެނޑިފައިވާ އަޚުވަންތަިކަމުގެ ގުޅުން 4 އަހަރަށްފަހު އިޢާދަ ކޮށްފިއެވެ.

2014 ވަނަ އަހަރުން ފެށިގެން ޝައިޚު އިލްޔާސް ޙުސައިންނާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެންނަވައި ޝަހީމު މިއަދު ވިދާޅުވީ އިލްޔާސްއާ އޭނާއާ ދެމެދު ނިމި ދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދިޔަ ކަމަށާއި ގުޅުން ކެނޑިފައި ގާތް ގަނޑަކަށް ހަތަރު އަހަރު ވަންދެން އޮތް ކަމަށެވެ.

ޤައުމަށް އެންމެ ރަނގަޅު ގޮތަކީ އިސްލާމީ ޢިލްމުވެރިން ޚިޔާލު ތަފާތުވުން ކުޑަކުރުން ކަމުގައި ފެންނާތީއާއި ﷲ ގެ ޙަޟްރަތުގައި އެންމެ ހެޔޮ މީހަކީ ސަލާމަތްތެރި ހިތަކާއިގެން އައި މީހެއްކަމުގައި ވާތީއާއި ސިޔާސީ ގުޅުންތަކަށް ވުރެ އިސްލާމީ އުޚުއްވަތްތެރިކަމުގެ މަތިވެރިކަން ﷲ ގެ ޙަޟްރަތުގައި ބޮޑުކަމަށްޓަކައްޔާއި މުސްތަޤުބަލުގައި ރާއްޖެއަށް ވެސް އެންމެ ހެޔޮ ގޮތަކީ އިސްލާމީ ޢިލްމުވެރިންގެ ސަފުތައް އެއްބައިވަންތަކޮށްގެން ކަމުގައި ދެކޭތީވެ ޝައިޚު އިލްޔާސްއާއި އަޅުގަނޑާ އޮތް ޒަމާންވީ އިސްލާމީ ގުޅުން އިޢާދަކުރަން އަޅުގަނޑު ނިންމީ ކަމަށް ޑރ.ޝަހީމު ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ ޝައިޚު އިލްޔާސްއާ އޮތް ގުޅުމަކީ ދުވަސްވީ ގުޅުމެއްކަމަށާއި އެއިގެ ތެރެއިން ޢަދާލަތު ޕާޓީ އުފެއްދުމުގެ ޙަރަކާތުގެ ތެރެއިން އިތުރަށް ގާތްކަން އުފެދިގެން ދިޔަ ކަމަށެވެ. އަދި ޝައިޚު އިލްޔާސަކީ އިސްލާމީ ދަޢުވަތުގެ ކަންކަމުގައި  ޑރ.ޝަހީމް އާއި އެކު އެންމެ ގާތުން މަސައްކަތްކުރެއްވި ބޭފުޅެއްކަމަށްވެސް ޑރ.ޝަހީމު ވިދާޅުވެފައި ވެއެވެ.

ޑރ.ޝަހީމް ވިދާޅުވީ ހަތަރު ވަރަކަށް އަހަރަށް ފަހު ވަރަށް ފަހުން ޝެއިޚް އިލްޔާސް އާއި ބައްދަލުވެ، އަދި އެކި ކަންކަމާ މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް  އެ ދެ ބޭފުޅުންގެ އަޚުވަންތަކަން އިޢާދަވުމާއި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ކަންކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. 

އާރޓިކަލް ރޭޓްކުރައްވާ


22%
ވ.ރަނގަޅު
12%
ރަނގަޅު
32%
އޯކޭ
32%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު