އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމެރިކާއިން އީރާނާ ދެކޮލަސް ހަނގުރާމަ ފަށައިފިނަމަ އިޒްރޭލް "ފުހެލުމުގެ" ބާރު އީރާނުގަ އެބަހުރި: ހިޒްބުﷲ

އެމެރިކާއިން އީރާނާ ދެކޮލަސް ހަނގުރާމަ ފަށައިފިނަމަ އިޒްރޭލް "ފުހެލުމުގެ" ބާރު އީރާނުގަ އެބަހުރި: ހިޒްބުﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ އިޒްރޭލު "ފުހެލުމުގެ" ބާރު އީރާނަށް ލިބިފައިވާ ކަމަސް ހިޒްބުﷲ ޖަމާއަތުން ބުނެފިއެވެ.

އީރާނުގެ ވާގިވެރިކަމާއިއެކު ލެބަނަނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ޙަސަން ނަޞްރުﷲ ވިދާޅުވީ އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ކަންކަން މިނަނީ އެއްވެސް އިންޞާފަކުން ނޫން ކަމަށާއި ހަނގުރާމައެއް ފަށައިފި ނަމަ އީރާނުން ރައްދު ދޭނެ ކަމަށެވެ. އަދި އިޒްރޭލަށް ބޮންތައް އޮއްސާލުމުގެ ފުރިހަމަ ޤާބިލުކަން އީރާނަށް ލިބިފައިވާ ކަމަށެވެ.

ނަޞްރުﷲ ވިދާޅުވީ އީރާނުވެސް އަދި އީރާނުގެ އެކުވެރިންވެސް މެދުއިރުމަތީގައި ހަނގުރާމަ ކުރަން ބޭނުން ނުވާ ކަމަށާއި ނަމަވެސް ކުރަން ޖެހިއްޖެ ނަމަ ކުރަން ތިބީ ތައްޔާރަށް ކަމަށެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިންވެސް ވަނީ ޓްރަމްޕް ކުރަން އުޅޭ ހަނގުރާމައަށް ދެކޮޅު ހަދައިފައެވެ. ނަމަވެސް ޓްރަމްޕް އަތްމުނިކަވާ ވަރުންނާއި ޔަހޫދީ އަނބިމީހާ ރުއްސަން ޓްރަމްޕް ކަންތައް ކުރާނެ ގޮތް އަދި ވަނީ ނުއެނގުމެއްގެ ތެރޭގައެވެ.

އާރޓިކަލް ރޭޓްކުރައްވާ


9%
ވ.ރަނގަޅު
9%
ރަނގަޅު
54%
އޯކޭ
27%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް