އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އެހީ ރިޕޯޓް: ފުރަމޭ ދުޅަވެ، ސިކުނޑީގަ ލޭގުޅައެއް ވެސް އުފެދިފައިވާ ސުޖާއަށް އެހީތެރިކަން ބޭނުންވޭ!

އެހީ ރިޕޯޓް: ފުރަމޭ ދުޅަވެ، ސިކުނޑީގަ ލޭގުޅައެއް ވެސް އުފެދިފައިވާ ސުޖާއަށް އެހީތެރިކަން ބޭނުންވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 7 ސިކުންތު

ދުޅަހެޔޮ ރަނގަޅު ސިއްޙަތެއްގައި ތިމާއާއި ތިމާގެ ގާތްތިމާގެ މީހުން ތިބުމަކީ ހަމަޔަގީނުން ވެސް ކޮންމެ މީހަކު ވެސް ނުހަނު ބޭނުންވާނެ މުހިިންމު އެއް ކަމެވެ. ނަމަވެސް ބައެއް މީހުންނަކީ، އެފަދަ ރަނގަޅު ސިއްޙަތެއްގައި ނުތިބެވުމުގެ އިތުރުން، ދިރިއުޅުމުގެ ޙާލަތާއި މާލީ ޙާލަތު ހުރި ގޮތުން ރަނގަޅަށް ބޭސްފަރުވާ ކުރުމުގައި ވެސް ދަތިތަކަކާއި ކުރިމަތިވެފައިވާ ބައެކެވެ.

އެފަދަ އެކަކީ ކ.މާލެ އަށް އުފަން ދަފްތަރު ނަންބަރު 1140 އަހުމަދު ސުޖާއު ޔަހްޔާ (ސުޖާ) އެވެ. އުމުރުން 30 އަހަރުގެ ސުޖާވަނީ ކުޑައިރުއްސުރެ ނަފްސާނީ ބަލީގެ ޝިކާރައަކަށްވެ، ކިޑްނީގައި ހިލަވެސް އުފެދިފައެވެ. އެކަންކަން އޭނާގެ ހުރިކަން ވެސް އެނގުނީ ޓެސްޓެއް ހެދިފަހުން ކަމަށާއި، ފާއިތުވީ ފަސް އަހަރު ތެރޭގައި އޭނާގެ ހާލު ގޯސްވަމުން އަންނަ ކަމަށް "މިއަދުނޫހަށް" މައުލޫމާތު ދެމުން އޭނާގެ އަނބިމީހާ ބުނެފައިވެއެވެ.

"މިހާރު އޭނާގެ ފުރަމޭވެސް ދުޅަވެ، ސިކުނޑީގަ ލޭގުޅައެއް ވެސް އުފެދިފަ ހުރީ. ސިކުނޑީގަ އުނިކަމެއް ވެސް ހުރޭ. ހާލަތު މިހާރު އަންނަނީ ދުވަހުން ދުވަހަކަށް ގޯސްވަމުން. އަޅުގަނޑުމެން ވަރަށް ގިނަ ޑޮކްޓަރުންނަށް ދައްކައިފިން. އެގޮތުން އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ހުޅުމާލެ ހޮސްޕިޓަލުގެ ބައެއް ޑޮކްޓަރުންނަށް ދެއްކުމުގެ އިތުރުން އިންޑިއާއަށް ވެސް ގޮސް ޑޮކްޓަރަށް ދައްކައިފިން. އެމީހުން ބުނީ ނާރެއް ބެދިފަ އިންނަކަމަށް." ސުޖާގެ އަނބިމީހާ މައުލޫމާތު ދީފައިވެއެވެ.

ސުޖާގެ ބަލިހާލަތު ގޯސްވަމުން އަންނަ ކަމަށާއި ވެގެން އުޅޭ ގޮތެއް އަދިވެސް ޑޮކްޓަރުންނަށް ބުނެދޭން ނޭނގޭ ކަމަށް ވެސް އޭނާގެ އަންހެނުން ބުނެފައިވެއެވެ.

"މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭނާގެ ބަލި އަންނަނީ ބޮޑުވަމުން. މިހާރު އެހެންވެ ވަޒީފާއެއް ވެސް އަދާ ނުކުރެވޭ. އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނީ ކޮންމެ ދެމަހުން ދެމަހު ޑޮކްޓަރަށް ދައްކަން ދިޔުމަށް. އެކަމަކު އާސަންދަ ލިބެނީ ކޮންމެ އަހަރަކު އެއްފަހަރު. އެންސްޕާ އަށް ވެސް އެހެންވެ ސިޓީ ލައިގެން އަޅުގަނޑުމެން މިއުޅެނީ. ފިރިމީހާގެ ނަފްސާނީ މައްސަލަ ވެސް ހުރޭ، އަދި މީގެ ހަތަރު އަހަރު ކުރިން އެނގުނީ ހިތުގެ މައްސަލަވެސް ހުންނަކަން. މިހާރު ވެސް އޭނާ ދަނީ ބޭސްކަމުން" ސުޖާގެ އަންހެނުން ބުނެފައިވެއެވެ.

ސުޖާ މީގެ ކުރިން މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ ބަސް ޑްރައިވަރެއްގެ ގޮތުގައި ކަމަށް އޭނާގެ ބޭބެ މައުލޫމާތު ދީފައިވެއެވެ. ނަމަވެސް ބަލިހާލަތު ގޯސްވުމުގެ ސަބަބުން މިހާރު އޭނާ ވަޒީފާއަކަށް ނުދާ ކަމަށާއި، ގޭގެ ޚަރަދުތައް ބަލަހައްޓަނީ ސުޖާގެ މަންމަ އާއި ދައްތަގެ އިތުރުން އެބޭބެ ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

ސުޖާއަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން 7704441020101 (ޝަރުމީލާ އާދަމް) އަށް ފައިސާ ޖަމާ ކޮށްދިނުމަށް އެއާއިލާއިން އެދެއެވެ.

އިތުރު މައުލޫމާތު 7999203 ނުވަތަ 9818778 ނަންބަރު ފޯނާއި ގުޅުއްވާ، ހިއްސާ ކުރެއްވުން އެދެމެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


40%
ވ.ރަނގަޅު
0%
ރަނގަޅު
20%
އޯކޭ
40%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ