އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ބ. ޗެލެންޖުގެ މިއަދުގެ މެޗު އެއްވަރުވެގެން ނިމިއްޖެ

ބ. ޗެލެންޖުގެ މިއަދުގެ މެޗު އެއްވަރުވެގެން ނިމިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ބ. ޗެލެންޖުގެ މިއަދުގެ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.  އޭދަފުށީ ޓަރފް ދަނޑުގައި މިހާރު ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރީ ހިތާދޫ އާއި ފެހެންދޫއެވެ. 

މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. ނަމަވެސް ދެވަނަ ހާފުގައި ފުރަތަމަ ގޯލުޖަހާ ލީޑުނެގީ ފެހެންދޫއިންނެވެ. މިގޯލު 50 ވަނަ މިނެޓުގައި ޖަހައިދިނީ ޖާރޒީ ނަމްބަރު 2 ޢަލީ ވިޝާމްއެވެ. 

މި ގޯލާއެކު މެޗު އޮއިވަރު ބަދަލުކޮށްލެވޭތޯ ހިތާދޫއިން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ ފެނުނީ މެޗު ނިމެން ވަގުތުކޮޅަކަށްވެފައިވަނިކޮށް ޖާރޒީ ނަމްބަރު 7 މުޙައްމަދު ސަޢީދު ޖަހައިދިން ގޯލުންނެވެ. 

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމު ހޯދީ ހިތާދޫގެ ޖާރޒީ ނަމްބަރު 10 އަޙްމަދު ޙުސައިންއެވެ.  މާދަމާ ހަވީރު ކުޅޭނީ ދަރަވަންދޫ އާއި ކެންދޫއެވެ. މި މެޗު ފަށާނީ 16:15ގައެވެ. 

މި މުބާރާތަކީ ފޯރސީޒަން ލަނޑާގިރާވަރުން މުޅި ބ. އަތޮޅަށް ހުޅުވާލައިގެންބާއްވާ ފުޓްބޯޅަ މުބާރާތެކެވެ. އަދި މިއީ މިއަތޮޅުގައި ރިސޯޓަކުން އިސްނަގައިގެން ބާއްވާ އެންމެބޮޑު ފުޓްބޯޅަ މުބާރާތެވެ. 

ވެސްޓް ވިންގ އޭދަފުށީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި މުބާރާތުގެ ފައިނަލުމެޗު މި މަހުގެ 20 ވަނަ ދުވަހު ކުޅުމަށް ތާވަލުކޮށްފައިވާ އިރު، ޗެމްޕިއަން ޓީމަށް 30000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ.   Attachments area

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
100%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް