އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ފަހުވަގުތު ޖެހި ގޯލުން ފޯކައިދޫ އިން ވިކްޓްރީ ބަލިކޮށްފި

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ފަހުވަގުތު ޖެހި ގޯލުން ފޯކައިދޫ އިން ވިކްޓްރީ ބަލިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ފޯކައިދޫގެ މުޙައްމަދު ޝެޑިކެ ފަހުވަގުތު ޖެހި ގޯލުން ވިކްޓްރީ ބަލިކޮށްފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެހެންމެޗުތަކާއި ޚިލާފަށް ވިކްޓަރީން ވަނީ މެޗު ޑޮމިނޭޓްކޮށްގެން ކުޅެ، ގޯލުޖަހަންވެސް ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން 8 ވަނަ މިނެޓުގައި ޒައިދު އިބްރާހީމް ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ.

ފޯކައިދޫ އިންވެސް ވަނީ ވިކްޓްރީގެ ގޯލަށް ހަމަލާތައް ފޮނުވާފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައިނުވެއެވެ.

މިއަދުގެ މެޗުގައި ފެނުނު ހަމައެކަނި ގޯލު 73 ވަނަ މިނެޓުގައި ޖަހާ ފޯކައިދޫއަށް ލީޑު ނަގައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި މުހައްމަދު ސެޑިކެވެ.

މިއަދުގެ ނަތީޖާއާއެކު ފޯކައިދޫ ވަނީ ކުޅުނު 4 މެޗުން ލިބުނު 7 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ.

ތާވަލުގެ ފުލުން ދެވަނައިގައި އޮތް ވިކްޓަރީއަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއްނުވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް