އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ބ. ޗެލެންޖުގައި މިއަދުގެ މެޗުގައި އެއްވެސް ޓީމަކަށް މޮޅެއް ނުލިބި ނިމިއްޖެ

ބ. ޗެލެންޖުގައި މިއަދުގެ މެޗުގައި އެއްވެސް ޓީމަކަށް މޮޅެއް ނުލިބި ނިމިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

އޭދަފުށީގައި މިހާރުކުރިއަށްދާ ބ. ފުޓްބޯލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު މެޗު ދެޓީމު އެއްވަރުވެގެން ނިމިއްޖެއެވެ 

ފެހެންދޫ އާއި ކިހާދޫ ބައްދަލުކުރި ފޯރިގަދަ މިމެޗު ނިމުނީ 1-1ން އެއްވަރުވެގެންނެވެ.

މިއަދުގެ މެޗު ފެށިގެން 7 ވަނަ މިނެޓުގައި ފެހެންދޫ ޓީމުގެ ޖާރޒީ ނަމްބަރު 14 އާދަމް ނަސީމުވަނި ގޯލުޖަހާ ލީޑުނަގާފައެވެ. އެހެންކަމުން ގިނަ ބަޔަކަށް ލަފާމުރެވުނީ ކިހާދޫގެ މައްޗަށް ފެހެންދޫއިން ފަސޭހަކަމާއެކު ކުރިހޯދާނެ ކަމަށެވެ.

ނަމަވެސް ހިތްވަރުގަދަ ކިހާދޫ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެކުރިން ގޯލެއްޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 26 ވަނަ މިނެޓުގައި މި ގޯލު ޖަހައިދިނީ ޖާރޒީ ނަމްބަރު 7 މުހައްމަދު އަޔާޒެވެ.

ފުރަތަމަ ހާފުގައި ދެޓީމު އެއްވަރުވެފައި އޮތުމުން ދެވަނަ ހާފުގައި ނަތީޖާ ބަދަލުކުރުމަށް ދެޓީމުންވެސް ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް މެޗު ނިމުނީ އިތުރު ގޯލެއްނުޖެހިއެވެ.

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމުހޯދީ ކިހާދޫ ޓީމުގެ މުހައްމަދު އަޔާޒެވެ.

މި މުބާރާތުގައި މާދަމާވެސް މެޗެއް ކުޅޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި މާޅޮހެވެ.

މާދަމާގެ މެޗަށް މިދެޓީމު ނުކުންނަ އިރު، އޭދަފުށި ވަނީ ގޮއިދޫއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށްފައެވެ. އަދި މާޅޮސް ކުޅުނު މެޗުން ވަނީ ބަލިވެފައެވެ. އެހެންވުމުން މަދަމާގެ މެޗަކީ މާޅޮހަށް ފައިނަލެއްކަހަލަ މެޗެކެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް