އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮލީވުޑްގެ ތަރި ޒައިރާ އިސްލާމް ދީނަށްޓަކައި ފިލްމީ ދާއިރާ ދޫކޮށްލަން ނިންމައިފި

ބޮލީވުޑްގެ ތަރި ޒައިރާ އިސްލާމް ދީނަށްޓަކައި ފިލްމީ ދާއިރާ ދޫކޮށްލަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 33 ސިކުންތު

ބޮލީވުޑްގެ ތަރި ޒައިރާ ވަސީމް އިސްލާމް ދީނަށްޓަކައި ފިލްމީ ދާއިރާ ދޫކޮށްލަން ނިންމައިފި އެވެ. އޭނާ ބުނެފައިވަނީ ފިލްމީ ދާއިރާގައި މަސައްކަތްކުރުމަކީ އިސްލާމް ދީނާއި ފުށޫއަރާ އަމަލުތައް ކުރަން ޖެހޭ ކަމެއް ކަމަށް ޤަބޫލުކުރެވޭތީ އެގޮތަށް ނިންމީ ކަމަށެވެ.

އިންޑިއާގެ ކަޝްމީރަށް ނިޞްބަތްވާ އުމުރުން އެންމެ 18 އަހަރުގެ ޒައިރާ ބުނީ މީގެ 5 އަހަރުކުރިން އޭނާ ފިލްމީ ދާއިރާ އާއި ގުޅުނީ ދުވަހަކުވެސް އެދާއިރާއިން ނުނުކުންނަން ނިންމައި ކަމަށެވެ. އަދި ފާއިތުވި 5 އަހަރު އޭނާއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވީ ނަމަވެސް ފިރިހެނުންނާއި ގައިގޯޅިވެ އުޅެންޖެހޭ ކޮންމެ ފަހަރަކު ﷲ ތައާލާގެ މަތިން ހަނދާންވާ ކަމަށާއި ﷲ ތައާލާ އާއި ދުރަށް ދެވޭކަމުގެ އިޙްޞާޞްތައް އޭނާއަށް ކުރެވޭ ކަމަށެވެ.

 

"ފިލްމީ ދާއިރާގަ ކުރެވޭ ގިނަ ކަންތައްތަކަކީ އިސްލާމް ދިނާ ފުށޫ އަރާ ކަންތައްތައް ކަމަށް ވިސްނުމަށް އައުމުން ވަރަށް ލަދުވެތިވޭ. ބިރުވެސް ގަނޭ. ވީމާ މިއީ އަހަރެންނާ އެކަށީގެންވާ، އަހަރެން އުޅެންވީ ދާއިރާ ނޫންކަން އަހަރެންނަށް ޔަޤީން ކުރެވޭތީ މިގޮތަށް މިނިންމީ. ކުރު މުއްދަތެއްގައި ގިނަ ބައެއްގެ ތާއީދު ލިބިއްޖެ. ނަމަވެސް އެ ތާއީދު އަހަރެން ދަމާ ގެންދަނީ ޖާހިލުކަމާ ދިމާއަށް. އަހަރެންނަސް އާޚިރަތް ގެއްލޭނެ ދިމާއަށް."

"ކެމެރާގެ ކުރިމަތީގަ އަހަރެންގެ ސިފަ ރީތިވެދާނެ. އެހެންވެކަން ނޭނގެ މީހުން އަހަރެން ބަލައިގަންނަނީ. ނަމަވެސް ކެމެރާ ކުރިމަތީގަ ހުއްޓެވޭއިރަށް އަހަރެންގެ ސިފަ ﷲ ތަޢާލާގެ ޙަޟްރަތުގައި އެދަނީ ހުތުރުވެގެން. އެއީ އަހރެންނަށް އެންމެ ގެއްލުންހުރި ގޮތް. މިކަމުގެ ސަބަބުން އަހަރެންގެ ބުއްދިއަށް ވެރިވަނީ ބިރުވެރިކަން. އަހަރެންގެ ބުއްދިއަށް އަމާންކަން ލިބެން އޮތަ ހަމައެކަނި ގޮތަކީ މިދާއިރާ އާ ދުރުވުން."

"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާނަމަ، ތިޔަބައިމީހުންނަށް حق އާއި، باطل ވަކިކުރާނެ މަގު، އެކަލާނގެ ދައްކަވާނެތެވެ. އަދި ތިޔަބައިމީހުންގެ ކިބައިން ކުށްފާފަތައް ފިއްލަވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ."އަނފާލް: 29)

އަހަތރެން ވާގިލިބިގަންނަނީ މިއާޔަތުންނެވެ. ހެޔޮ މަގަށް މީހަކު މަސައްކަތް ކުރާނަމަ އެމީހަކަށް މަގު ދައްކަވާނެކަން މިއާޔަތުން އެނގެއެވެ. އަހަރެން މި މަސައްކަތްކުރަނީ މިއާޔަތުން ހިތްވަރު ލިބިގެންނެވެ. "މޮޑެލުންނަށްވެ މީހުންގެ ތަރްހީބް ހޯދަން ﷲ ތައާލާ ރުހިވޮޑި ނުގަންނަވާ އަމަލުތައް ނުކުރަން އަހަރެން ގޮވާލަން."

ޒައިރާ ވަނީ މީސްތަކުންނަށް ﷲ ތަޢާލާގެ މަގަށް ރިޖޫޢަވުމުގެ ހިތްވަރު މީސްތަކުންނަށް ދެއްވެވުމަށާއި މީސްތަކުންނަކީ ޙައްޤާއި ބާޠިލު ދެނެގަތުމުގެ ކުޅަދާނަކަން ލިބިފައިވާ ބައެއް ކަމުގައި ލެއްވެވުން އެދި ދުޢާކޮށްފައެވެ. އަދި މީސްތަކުންގެ އީމާންކަން ވަރުގަދަ ކުރުމުގެ ކުޅަދާނަކަން ދެއްވެވުމަށްވެސް ދުޢާކޮށްފައެވެ.

ޒައިރާ ވަނީ އޭނާގެ ނިންމުމުމާއިބެހޭ ގޮތުން ވަރަށް ތަފްޞީލު ބަޔާނެއް ޢާންމުކޮށްފައެވެ.

May Allah guide our boats to find its shore and help us to distinguish between truth and deception.

May Allah makes us strengthen us in our Imaan and make us amongst the ones who engage in His remembrance and make our hearts firm and help us to remain steadfast.

May Allah give us a better understanding of His wisdom and allow us to exhibit our efforts to alleviate doubt and error at individual levels and guide each other. May Allah cleanse our hearts from hypocrisy, arrogance and ignorance and rectify our intentions and grant us sincerity in speech and in our deeds. Ameen"

އާރޓިކަލް ރޭޓްކުރައްވާ


48%
ވ.ރަނގަޅު
12%
ރަނގަޅު
9%
އޯކޭ
29%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް