އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޞަދަޤާތް ޙަވާލުކުރަންވީ މީހުން މިތިބީ! ހަމަ އަހަރެމެންގެ އަޚުން އެތިބީ ހާދަ ނިކަމެތި ޙާލެއްގައޭ!

ޞަދަޤާތް ޙަވާލުކުރަންވީ މީހުން މިތިބީ! ހަމަ އަހަރެމެންގެ އަޚުން އެތިބީ ހާދަ ނިކަމެތި ޙާލެއްގައޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 25 ސިކުންތު

ރާއްޖޭގައި ކަންކަން މިހާރު ހުރި ގޮތުން ޞަދަޤާތް ޙަވާލުކުރާނެ މީހުންނަކީ ކޮބައިކަން ނުއެނގިގެން ބައެއް މީހުން ވާހަކަދައްކައެވެ. އެހެންކަމުން މިކަމުގައި ކުރެވުނު ތަޖުރިބާއެއް ހިއްޞާކޮށްލާނަމެވެ. 

ޖަމިއްޔަތުލްއިސްލާމް އިން ބާއްވާ ދަރުސް ފާއިތުވި 10 ގައި އޮތީ ޢަޞްރު ނަމާދަށްފަހު ފުރުޤާން މިސްކިތުގައެވެ. އެހެންކަމުން ކޮންމެ ދުވަހަކު އެ ވަގުތު އެ މިސްކިތަށް ދިއައިމެވެ. ގޮސް އުޅުނުއިރު ފާހަކަ ކުރެވުނު އެއް ކަމަކީ ކޮންމެ ދުވަހަކު ވަރަށް ގިނަ އަދަދެއްގެ ފަޤީރުން ޖެހިގެން ހުރި ބައިގައި ތިބޭ ކަމެވެ. 

އެމީހުން ބުނާގޮތުން އެތަނުގައި އޮންނަ އުޞޫލުން ނަން ނޯޓު ކުރުމުން ރަމަޟާން މަހު 3 ދުވަހު ކޮންމެ ދުވަހަކު 5 ކިލޯ ހަނޑުލާއި 3 ކިލޯ ހަކުރު ލިބެއެވެ. މި އެތިކޮޅު ލިބެނީ ނަން ނޯޓުކޮށްގެން ދިއުމުން ގަޑިއެއްހައި އިރު އެތަނުގައި މަޑުކޮށްގެން ކިޔޫ ތަރުތީބުންނެވެ. ބައެއް އަންހެނުން ގޮސް ތިބެނީ އެމީހުންގެ ކުދި ދަރިން ވެސް އުރައިގެންނެވެ. އެހެންކަމުން އެމީހުންގެ ނިކަމެތިކަން ފާހަގަކުރެވުނެވެ. 

މިއެތިކޮޅުގެ އަގަކީ 30 ވަރަކަށް ރުފިޔާއެވެ. ރާއްޖޭގެ މިއަދުގެ މުއްސަނދިކަމަށް ބަލައިފިނަމަ 30 ރުފިޔާއަކީ އެއްވެސް އެއްޗެއް ނޫނެވެ. 30 ރުފިޔާއިން ހިފޭނީ ވަރަށް ކުޑަކުޑަ ބޭނުމެކެވެ. ކޮތަޅެއް ހިފައިގެން ޓެކްސީއަކަށް އެރި ނަމަވެސް 30 ރުފިޔާ ޚަރަދުކުރަން ޖެހެއެވެ. ހޮޓަލަކަށް އަރައި އާދައިގެ ސައެއް ބޯލި ނަމަވެސް 30 ރުފިޔާ އަރާނެއެވެ. ކޮފީގެ އަގުގެ ވާހަކަ ނުދައްކަމާ ހިނގާށެވެ! 

ކަން މިހެން އޮތްއިރު 30 ރުފިޔާ ހޯދަން މިވަރުގެ ބުރަ މަސައްކަތެއް އެމީހުން އެކުރަނީ ހަމަ އެހެން ގޮތެއް ނެތިގެންކަން ފާހަގަކުރެވުނެވެ. މިދިއަ ވިއްސާރަ ތެރޭގައި ތެމިގެންވެސް އެތަނުގައި މީހުން ތިއްބެވެ. އެހެންކަމުން އެ ކާޑުކޮޅަށް އެމީހުން ބޭނުންވެގެން ތިބި މިންވަރު ހާމަވެއެވެ. 

މިކަންކަމަކީ ލޮލަށް ފެނުނު ކަންކަން ކަމަށްވެފައި އެތަނުގައި ތިބޭ ބައެއް މީހުންނާއި ދެކެވުނު ވާހަކައިން އެމީހުންގެ ޙާލަތު އެނގުމުން މިވާހަކަ ހާމަމިކުރީ ފަހު 10 ގައި ޞަދަޤާތް ކުރަން ބޭނުންވާ ގިނަ ބައަކު ތިބޭނެތީއެވެ. އަދި ޞަދަޤާތް ހަވާލުކުރާނެ މީހުން ނުއެނގިގެން ވެސް ބައެއް މީހުން އުޅޭތީއެވެ. 

އެންމެ ހައިރާންވި އެއް ކަމަކީ މިހާލުގައި ތިބި ބައެއް މީހުންނަކީ ފަޤީރުންގެ ލިސްޓުގައި ހިމެނުމުގެ ފުރުޞަތުވެސް ނުލިބިފައި ތިބި މީހުން ކަމަށްވީކަމެވެ. 

މަހަކު ލައްކައެއްހައި ރުފިޔާ ދައުލަތުން ލިބޭ މީހުން ބޭނުން ކޮންމެ ވަގުތަކު ރާއްޖެއިން ބޭރުން ބޭސްކުރަން ކުރާ ބޮޑު ޚަރަދު ތަންކޮޅެއް ކުޑަކޮށްލި ނަމަވެސް ދައުލަތުގެ ބަޖެޓުގެ ތެރެއިން މިފަދަ ހާލުގައި ތިބި ފަޤީރުންނަށް ރަމަޟާން މަހު 90 ރުފިޔާ ދިއްކޮށްލެވޭނެ ކަމަށް ވިސްނެއެވެ. އެފަދަ އިންތިޒާމެއް ހަމަޖެހިއްޖެ ނަމަ 3 ފަހަރު މަތިން 90 ރުފިޔާގެ ކާޑުކޮޅު ހޯދަން އެހާލުގައި އުޅޭކަށް ނުޖެހޭނެ ކަމަށްވެސް ވިސްނެއެވެ.  

އަޅުގަނޑުގެ ދުޢާއަކީ ރަމަޟާން މަހު މިހައި ޙާލުގައި ނުއުޅެ، އެމީހުންނަށް ބޭނުންވާ ކާޑުކޮޅު މިއަށްވުރެ ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެހުމެވެ. ހަމައެކަނި މާލެއަކު ނޫނެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ތިބި މިފަދަ މީހުންނަށެވެ.

 

 

އާރޓިކަލް ރޭޓްކުރައްވާ


10%
ވ.ރަނގަޅު
0%
ރަނގަޅު
20%
އޯކޭ
70%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް