އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ލަންކާގަ މުސްލިމުންނަށް ހަމަލާދީ ގެއްލުންދިނުމުގަ އެންމެ އިސްކޮށް ހުރި ބޮޑު ހާމުދުރަށް ރައީސް މާފު ދީފި

ލަންކާގަ މުސްލިމުންނަށް ހަމަލާދީ ގެއްލުންދިނުމުގަ އެންމެ އިސްކޮށް ހުރި ބޮޑު ހާމުދުރަށް ރައީސް މާފު ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ސްރީލަންކާގައި މުސްލިމުންނަށާއި މުސްލިމުންގެ ގެދޮރަށާއި މުސްލިމުންގެ މުދަލަށް ހަމަލާދީ ގެއްލުންދިނުމުގައި އެންމެ އިސްކޮށް ހުރި ބޮޑު ހާމުދުރަށް އެ ޤައުމުގެ ރައީސް މާފު ދީފި އެވެ. 

ކޯޓުގެ ޙުރުމަތް ކެނޑުމާއި އެނޫންވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވިވައިވާ ބޮޑު ހާމުދުރު ގަލަގޮޑަ އައްތެ ޢަނަސަރަ މާފުދިންކަން ރައީސްގެ އޮފީހުން ބުދަ ދުވަހު ހާމަކޮށްފައިވާއިރު އެންމެ ކުޑަމިނުން މާފު ދިން ސަބަބުވެސް ހާމަކޮށްފައެއް ނުވެއެވެ. 

އޭނާއަކީ މުސްލިމުންނަށް ގޯނާ ކުރުމުގައި ހައްދުފަހަނައަޅާފައިވާ މީހެކެވެ. ބޮޑު ބަލަ ސެނަ "ބުދިސްޓް ޕަވަރ ފޯސް"ގެ އެންމެ އިސް މީހާވެސް މެއެވެ. މުސްލިމުންގެ އިތުރުން ކްރިސްޓިއަނުންނަށް ގެއްލުންތައް ދީ އަނިޔާ ކުރުމަށް ރައްޔިތުން ނެރުވާ އިސް މީހަކީ ވެސް އޭނާއެވެ. 

ސްރީލަންކާގައި މުސްލިމުންނަށާއި ކްރިސްޓިއަނުންނަށް ގެއްލުން ދެނީ ސަރުކާރުގެ ފުރިހަމަ ބައިވެރިވުން އެކަމުގައި އޮވެގެން ކަމަށް ގިނަ ބައަކު އަބަދުވެސް ދަނީ ތުހުމަތު ކުރަމުންނެވެ.

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
66%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަހުމަދު