އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖޫހީ ޗާވްލާ އާއިލާއާ އެކު ރާއްޖޭގައި!

ޖޫހީ ޗާވްލާ އާއިލާއާ އެކު ރާއްޖޭގައި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

އިންޑިއާގެ މަޝްހޫރު ބަތަލާ ޖޫހީ ޗާވްލާ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ. އެނގިފައިވާ ގޮތުން، އޭނާ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަމުން އަންނަނީ ފޯ ސީޒަން ލަނޑާ ގިރާވަރު ރިސޯޓްގަ އެވެ. އެކަން އެނގެނީ ޖޫހީގެ އިންސްޓާރގްރާމް އެކައުންޓް މެދުވެރިކޮށް ހިއްސާކޮށްފައިވާ ފޮޓޮތަކުންނެވެ.

"ޑަރް" އާއި "ދަރާރު"، "ޔެސް ބޮސް" އަދި "އިޝްގް" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ، ޖޫހީގެ އުމުރުން މިހާރު 50 އަހަރު ވެފައި ވާއިރު، މުމްބާއީގެ ވިޔަފާރިވެރިއަކާ ކައިވެނިކޮށްގެން މިހާރު ދެ ކުދިން ވެސް ތިބެއެވެ. އެހެން ކަމުން، ފިލްމުތަކުން އޭނާ ފެންނަލެއް މިހާރު ވަރަށް މަދެވެ.

މީގެ އިތުރުން، ޖޫހީއަކީ ދިވެހި ފިލްމެއްގައި ލަވައެއް ކުޅެން ވެސް ފުރުސަތު ލިބުނު ފަންނާނަކެވެ. އެއީ ދިވެހި ފިލްމު "ރަންމުތް" ގެ ލަވައެކެވެ.

ނަމަވެސް ރާއްޖެ އައިސް އެއާޕޯޓުން ލޯންޗަށް އަރަން އުޅުމުގެ ތެރޭގައި ޖޫހީގެ ފަޔަށް ލިބުނު ގެއްލުމަކާ ގުޅިގެން ޖެހުނީ ލަވަ ނުކުޅެ އެނބުރި އިންޑިއާ އަށް ދާށެވެ. ޗުއްޓީއަށް ފަހު، އޭނާ އާއިލާއާ އެކު އެނބުރި ގައުމަށް ދާނެ ދުވަހެއް އަދި އެނގިފައި ނުވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
16%
ރަނގަޅު
0%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު