އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މާފަންނުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާފަންނުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

މ. ސިތާރާގޭ ތިންވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އެގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، ރޯވި އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއު ޓީމުން މިހާރު ދަނީ އެސަރަޙައްދުގައި ހަރަކާތްތެރިވަމުން ނެވެ.

ރޯވި ގޭގައި ދިރިއުޅެނީ ހުސް ބިދޭސީން ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންދީއެފް އިން މައުލޫމާތު ދިން ގޮތުގައި އެގޭގައި ރޯވި އަލިފާންގަނޑުގެ މިހާރު ވަނީ ނިއްވާލެވިފައެވެ. ނަމަވެސް އަދިވެސް އެގޭ ތެރޭގައި ދުމުގެ އަސަރު ހުރި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އަލިފާން ރޯވިއިރު ގޭގެ އެތެރޭގައި އޮތް ފިރިހެނަކަށް ދުމުގެ އަސަރު މާބޮޑަށް ކުރުމުން އެމީހާ މިހާރުވަނީ އައިޖީއެމްއެޗް އަށް ފަރުވާއަށް ގެންދެވިފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

އަލިފާނުގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އަށް ލިބިފައިވަނީ މިއަދު 15:39 ގައެވެ.
ތަފްސީލު އަންނަނީ..

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ