އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޖޫ ނައީމް ފުލުހަށް ހާޒިރުވާން އަންގައިފި

މުޖޫ ނައީމް ފުލުހަށް ހާޒިރުވާން އަންގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާރ މުޒައްރަފް މުޙައްމަދު ނަޢީމް (މުޖޫ ނައިމް) ދެ ހަފްތާގެ ތެރޭގައި ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅޭ މުޖޫ ނައީމް ދެ ހަފްތާގެ ތެރޭގައި ފުލުހަށް ހާޒިރުވުމަށް އަންގާ، މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާއަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޖަވާބުދާރީވުމަށް ފުލުހަށް ހާޒިރުވުމަށް އަންގާ ކަމަށާއި، ދެ ހަފްތާގެ ތެރޭގައި މުޖޫ ނައީމް ހާޒިރު ނުވެއްޖެނަމަ އެމައްސަލާގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވާނެ ކަމަށެވެ.

މުޖޫ ނަޢީމުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ކޮން މައްސަލައެއްކަން އަދި ސާފެއް ނުވެއެވެ.

މުޖޫ ނަޢީމަކީ، މާރޗް މަހުގެ 29 ވަނަ ދުވަހު ބަންގްލަދޭޝްގެ ރާޖްޝާހީގައި މަރުވެފައި އޮއްވާ ފެނުނު، ރާއްޖޭގެ ދަރިވަރު ރައުދާ އާތިފްގެ، މަރާއި ގުޅިގެން އެކިއެކި ރިޕޯޓުތައް އޭނާގެ ބްލޮގްގައި ޝާއިއު ކުރި އެކަކެވެ.

އެގޮތުން ރައުދާ އާތިފް ގެ އިންސްޓަގްރާމް އައިޑީ ޑީއެކްޓިވޭޓް ކުރި ޚަބަރާއި، ރައުދާގެ އިންސްޓަގްރާމް ފޮލޯވަރުންގެ ތެރެއިން ދެމީހަކު މަދުވެފައިވާކަމުގެ ޚަބަރު ވެސް މުޖޫވަނީ އާއްމުންގެ ސަމާލުކަމަށް ގެނެސްފައެވެ.

މީގެ އިތުރުން މުޖޫ ނަޢީމްއަކީ އިސްލާމް ދީނާއި ގުޅޭގޮތުން ތަފާތު ލިޔުންތައް ލިޔާ މީހެކެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ